ހަތަރު މީހުންނާއެކު ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި، ކަނޑުވި ބަޔަކު ސަލާމަތްކޮށްފިއެވެ.
ބަންޑުން ޖަހާލާފައއިވަނީ ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާ ދޭތެރޭ މަހަށް ނުކުމެ އުޅުނު ޑިންގީއެކެވެ. އެ ޑިންގީ ބަންޑުން ޖަހާލާފައިވަނީ މޫސުން ގޯސްވެ، ވިލާގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ބަންޑުން ޖަހާލި ޑިންގީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިން ތިބި ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭކަން އެތަނުގެ ނޮދަން އޭރިއާ ކޮމާންޑަށް އެނގުނީ އެ ސަރަހައްދުގައި އޮންނަ އެމްއެންޑީއެފްގެ ހާބާ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 3:40 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ހިނގައިގެން އުޅޭކަން އެނގުނުއިރު އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ކަނޑުވެފައި ތިބި މީހުން ނަގާފައިވާ ކަމަށެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ގަލްފް ކްރާފްޓް ލޯންޗްގައި ތިބި ސިފައިން ވަނީ ބަންޑުން ޖަހާލި ލޯންޗްގައި ތިބި ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ މީހުން ސަލާމަތްކުރުމަށް ފަހު އެނބުރި ލޯންޗު އޮތް ސަރަހަށްދަށް ގޮސް ލޯންޗް ފުށުން ޖަހައި ކަފުޖަހައިގެން ގަލްފު ކުރާފްޓްގައި ނޮދަން އޭރިއާގެ ސިފައިން ވަނީ ބަންޑުން ޖަހާލި ލޯންޗް މިއަދު 5:15 ހާއިރު ނޮޅިވަރަމަށް ގެންގޮސްދީފައެވެ.