އަލިފާނުގެ ހާދިސާއެއް ހިނގައި ގަލޮޅުގެ ގެއަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ނޫވިނަ ގޭގައެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:58 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ ނޫވިނަ ގޭގައި ރޯވި އަލިފާން މިއަދު މެންދުރުފަހު 3:11 ގައި ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަލިފާން ރޯވެފައިވަނީ އެގޭގެ ކޮޓަރީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުވައްމުލަކު ސިޓީ ހޯދަނޑު އަވަށުގެ ގެއެއްގައި ވެސް މިއަދު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެ ހާދިސާގައި ރޯވި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެއީ އެރަށު ތައުލީމާ މަރުކަޒުގައި މަސައްކަތް ކުރާ ޓީޗަރުން އުޅުމަށް ކުއްޔަށް ދޫކޮށްފައިވާ ގެއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު