ކޮވިޑު ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރު 12:00 ހާއިރު މަރުވެފައި ވަނީ ދެ މަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެކުއްޖާ މަރުވެފައިވަނީ ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.
މިއީ މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވި އެންމެ ހަނގު ކުއްޖާއެވެ. މީގެ ކުރިން ކޮވިޑުގައި ރާއްޖެއިން މަރުވި އެންމެ ކުޑަ ކުއްޖާގެ އުމުރަކީ 10 އަހަރެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 247 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 230 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު