ހުޅުމާލޭގައި ހުންނަ 3351515 ޓެކްސީ ސެންޓަރު ފަޅާލައި، އެތަނުން ވައްކަންކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ ހުޅުމާލެ ޓެކްސީ ސެންޓަރެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި މައްސަލައެއް މިއަދު ހެނދުނު 7:19 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ހުޅުމާލެ 3351515 ޓެކްސީ ސެންޓަރުން ވާހަކަ ދެއްކި މީހަކު "ވަން" އަށް ބުނީ، އެ ސެންޓަރުގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވަދެ ވަގަށް ނަގާފައި ވަނީ ފޯނެއް ކަމަށެވެ. އެ ފޯނަކީ އެތަނުގައި ބޭނުންކުރަން ބާއްވާފައި އޮންނަ ފޯނެއް ކަމަށް ބުންޏެވެ.
"އެތަނުގައި ފައިސާއެއް ނުހުންނާނެ. ހަމައެކަނި މުވާސަލާތީ ގޮތުން ބޭނުންކުރާ ފޯނު ވަގަށް ނެގީ. އެއީ އެތަނުގައި ބާއްވާފައި އޮންނަ ފޯނެއް." ޓެކްސީ ސެންޓަރުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.
އޭނާ އިތުރަށް ބުނީ އެތަން ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު 6:15 ހާއިރު އެތަނަށް ޑިއުޓީއަށް ދިޔައިރު ކަމަށެވެ. އެގޮތުން ފިހިގަނޑެއް ބޭނުންކޮށްގެން ކުޑަދޮރުވެސް ވަރަށް ބޮޑަށް ފޭކޮށްފައި ހުރި ކަމަށާއި އެހެން ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި ހުރި ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު