ލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗަށް ދިވެހީންނަށް ޓިކެޓު ވިއްކަން ހަމަޖައްސާފައިވާ އަގަކީ 5000 ލަންކާ ރުޕީސް ކަމަށް ލަންކާގެ ފުޓުބޯޅަ ފެޑަރޭޝަނުން އިއުލާންކޮށްފިއެވެ.
ލަންކާއާ ދެކޮޅަށް ރާއްޖެ މާދަމާ ރޭ ކުޅޭ މެޗަށް ދިވެހީންނަށް ވިއްކާނީ އަވޭ ސަޕޯޓަރުންނަށް ހާއްސަ ޕެވިލިއަން އެއްގެ ޓިކެޓެވެ. އެއީ ރަސްމީކޮށް ކިހާ ޓިކެޓެއް ކަމެއް ލަންކާ އެފްއޭއިން ހާމަ ކޮށްފައި ނުވާ އިރު، ދިވެހި ރުފިޔާއިން ބަލާނަމަ ރާއްޖޭ ސަޕޯޓަރުންނަށް ޓިކެޓު ގަންނަން ޖެހެނީ ގާތް ގަނޑަކަށް 385 ރުފިޔާ އަށެވެ.
ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޓިކެޓު ވިއްކަން މިއަދު ފަށާ އިރު، ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ދެ ސަރަަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ޓިކެޓު ވިއްކަން ފަށާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު 15:00 އިން 18:00 އަށެވެ. އަދި މާދަމާ ޓިކެޓް ވިއްކާނީ ހެނދުނު 11 އިން 14:00 އަށް ކަމަށް އިއުލާނުގައިވެ އެވެ.
ފޯ ނޭޝަންސް ކަޕަށް ސަޕޯޓަރުން ނުވައްދާ ގޮތަށް ފުރަތަމަ އޮތް ނަމަވެސް ސަރުކާރުގެ މަޝްވަރާތަކަށްފަހު ނިންމާފައި ވަނީ މެޗުތައް ކުޅޭ ރޭސްކޯސް ސްޓޭޑިއަމްގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދާ ގޮތަށެވެ. ރޭސްކޯސް ޓޭޑިއަމްއަކީ 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަކަށްވާ އިރު، ވިއްކާނެ ކަމަށް ބެލެވެނީ 20،000 ޓިކެޓެވެ. އޭގެ ތެރެއިން ހޯސްޓް ގައުމާ ދެކޮޅަށް ކުޅޭ ޓީމުތަކަށް އާންމު އުސޫލުންނަމަ ވިއްކާނީ ޖާގައިގެ 5-10 ޕަސެންޓް ޓިކެޓެވެ.
ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސާފައި ވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށެވެ. އެގޮތުން ލަންކާގެ ސަޕޯޓަރުންނަށް 200 ރުޕީސްއަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެއެވެ. ރާއްޖެއާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ މާދަމާރޭ ލަންކާ ގަޑިން 20:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 19:30 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު