ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހަތަރު ބިލެއް ފޮނުވައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވަނީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލާއި ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ވަނީ މިއަހަރުގެ ފަހު ދައުރަށް 32 ބިލެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އޭގެ ތެރެއިން ހާއްސަކޮށް ބޮޑު ދެ ބިލު ކަމުގައިވާ ހެއްކާބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު