އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައި އަހަރުގެ އެންމެ މޮޅު ދަރިވަރު ހޮވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލު ގޯތިތެރޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.
2019 ވަނަ އަހަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވާފައި ވަނީ އީމާން ސަހީލް ޖަލީލެވެ. ދެވަނަ އަށް ގޮސްފައިވަނީ މަރްޔަމް ޖަނާ ޖިނާނެވެ. އަދި ތިން ވަނަ ލިބިފައިވަނީ ފާތިމަތު ޒައިނާ ނައީމަށެވެ.
މި ރަސްމިއްޔާތުގައި 2019 ވަނަ އަހަރު އެ ސްކޫލު ގްރޭޑް 9 އަދި 10 ގެ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުން ވަނީ ހޮވާފައެވެ. މީގެ އިތުރުން ޔުނީފޯމް ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މޮޅު ދަރިވަރުންވެސް ވަނީ ހޮވާފައެވެ. އަދި ހަމަ އެއަހަރު ނޭޝަނަލް ޓޮޕް 10 ހޯދި ދަރިވަރުންނަށްވެސް ވަނީ އިނާމު ހަވާލު ކޮށްފައެވެ.
2019 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން އެ ސްކޫލުގެ 69.9 އިން ސައްތަ ދަރިވަރުންވަނީ ފާސްވެފައެވެ. ނެޝަނަލް ޓޮޕް ޓެން ގައި 38 ދަރިވަރުން ހިމެނޭއިރު އެއްވަނަ އަށް ސްކޫލުގެ 2 ދަރިވަރަކު ވަނީ ހޮވިފައެވެ. އެކި މާއްދާތަކުން ދުނިޔެއިން ނުވަ ބްރިލިއަންސް އެވޯޑު 6 ދަރިވަރަކު ވަނީ ހޯދައިފައެވެ.
ހަފުލާގައި އަމީނިއްޔާ ސްކޫލުގެ އަލިމަސް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހަރަކާތްތައް ނިންމާލުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަލިމަސް ޖުބިލީ މެގަޒިން އިފްތިތާހު ކުރުމާއި އަލިމަސް ޖުބިލީ އުސްއަލިތައް ވީޑިއޯ ޕްރެޒެންޓޭޝަނުން ވަނީ ހުށަހަޅައިފައެވެ. ެދު
އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލް