ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް އެ ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން (ދައްތަމެން) ވަޒީފާގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފި އެވެ.
ގަލޮޅު ސްކޫލުން ބެލެނެވެރިންނަށް މިއަދު ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން އެ ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ "ދައްތަމެން" މަސައްކަތުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ.
އެ ލިޔުމުގައި ބުނެފައިވަނީ އެ ސްކޫލަށް ދާ ދަރިވަރުން ފާހާނައަށް މީގެ ފަހުން ގެންދާނީ އެ ކުލާހެއްގެ ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ފާހާނަ ކުރުމަށްފަހު އިތުރު އެހީތެރިކަމެއް ބޭނުންވާ ނަމަ އެކަން ސްކޫލުގެ ފަރާތުން ބެލެނިވެރިޔާ އަށް އަންގާނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރަށް އެ ލިޔުމުގައި ބުނެފައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ސްކޫލުގެ 18 ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
މިމަހުގެ ތެރޭގައި ވަނީ އެ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފަ އެވެ. ކުއްޖާގެ ބެލެނިވެރިޔާ އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ މި ކަމުގެ ސަބަބުން ކުއްޖާ އަށް ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ހުރިކަން މެޑިކަލް ރިޕޯޓުތަކުންވެސް ހާމަވާ ކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވަނީ، މި މައްސަލާގައި ތުހުމަތުވާ މީހާ މިހާރު ވަޒީފާއިން އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ އެ މިނިސްޓްރީންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންވެސް ވަނީ މިމައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު