ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ހިމަނައިގެން ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
ބިލުގައިވާ ގޮތުން މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުގެ ރައްްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ގައުމީ ސިޔާދަތަށް އިހުތިރާމު ކުރުން އިތުރު ކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މުޖުތަމައަށް އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމަށް ޕްރޮފެޝަނަލް ފޮރިން ސާވިސް އެއް ގާއިމް ކުރުންވެސް ވަނީ ހިމަނައިފައެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލައި ތަންފީޒު ކުރުމަށްޓަކައި ހުނަރުވެރި، އިލްމީ ތަޖުރިބާކާރު ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ފުރިހަމަ ފޮރިން ސާވިސް އެއް ގާއިމް ކުރުންވެސް ހިމެނެއެވެ.
މި ބިލުގައި ވަނީ ފޮރިން ސާވިސްގައި ހިމެނޭ މުހިއްމު މަގާސަދުތަކުގެ ޝަރުތުތަކާއި އެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމާގުޅޭ އުސޫލުތައް ބަޔާންކޮށްފައެވެ.
ފޮރިން ސާވިސް މުވައްޒަފުން ބެހިގެންވާ ގޮތާއި އެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އިދާރީ އިންތިޒާމުތައް ވެސް ބަޔާންކޮށްފައެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް އެކުލަވައިލުމަށް ބިލުގައި ހިމަނާފައިވެއެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ކަންކަން ހިންގުމަށްޓަކައި ފޮރިން ސާވިސް އިންސްޓިޓިއުޓެއް ގާއިމުކޮށް، އެ އިންސްޓިޓިއުޓް ހިންގުމާ ގުޅޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ވެއެވެ.
ހާރިޖީ ގުޅުންތަކަކީ ރާއްޖެ އާއި ބޭރު ދުނިޔެ ގުޅުވައިދޭ އެންމެ މުހިއްމު އެއް ބަހާކަމަށް ވުމާއެކު ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން އިތުބާރާއެކު ބަލައިގަންނާނެ ފަދަ ފެންވަރަކަށް ރާއްޖޭގެ ހާރިޖިއްޔާ ތަރުތީބުކޮށް އަތުރާލުމަށް މަގުފަހި ކުރުން ކަމަށްވެސް މިބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބުލު ގާނޫނަކަށްވެސް އަމަލު ކުރަން ފެށުމުން ފޮރިސް ސާވިސްގައި ސިިިވިލްސާވަންޓުންނެއް ނުހިމެނޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު