އައިޖީއެމްއެޗްގެ ޑަޔަލިސިސް ސެންޓަރުގައި މަސައްކަތް ކުރާ ފިލިޕީންސަށް ނިސްބަތްވާ ނަރުސް މީހާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފި އެވެ.
ނަރުސް މީހާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ބުނި ނަމަވެސް މި މަރުގައި ޝައްކުތަކެއް ވާތީ މި މައްސަލަ އައީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ނަރުސް މީހާގެ މަރާ ގުޅިގެން 29 އަހަރުގެ ފިލިޕީންސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމީހާ އެވެ.
އޮފިސަރު ވިދާޅުވީ ނަރުސް މީހާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައި ކަމަށާއި ޕޯސްޓުމޯޓަމް ހެދުމަށް ޓަކައި އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށެވެ. އޭނާ ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އާ އެކު ކަމަށެވެ. އެ ނަރުސް މީހާގެ ފިރިމީހާއަކީ އައިޖީއެމްއެޗްގެ އިމަޖެންސީ (އީއާރް)ގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވެސް ބުންޏެވެ.
އެ މީހާ ބުނީ ނަރުސް މީހާ މި މަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށް ކަމަށެވެ. އޭގެ ފަހުން އޭނާ ދަންޖެހި މަރުވެފައިވާ ކަމަށްބުނެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އަޑުތައް ފެތުރިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑުން ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އެ މީހާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު