ކުޑަ ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ، ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިބްރާހިމް މުހައްމަދު، ބަނގްލަދޭޝް (36އ) ހޯދަން ބޭނުން ވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމަށް އިއުލާނު ކުރާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހު 10:00 އަށް ރ. އުނގޫފާރު ޕޮލިސްޓޭޝަނަށް ހާޒިރުވުމަށް އޭނާ އަށް އަންގާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު