ވިޔަފާރީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް އެކަމަށް ފަސޭހައިން ފުރުސަތުތައް ފަހި ކުރުމަށް މަދަނީ އިޖުރާއަތުގެ ބިލާއި ހެއްކާބެހޭ ބިލާއި އިފްލާސްކުރުމުގެ ބިލު އަވަހަށް ނިންމުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު ބިލުތަކެއް ކޮމިޓީތަކުގައި ހުރިއިރު އެ ބިލުތައް އަވަހަށް ނިންމުމުގެ މުހިއްމުކަމާ ބެހޭގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، މިވަގުތު ރައްޔިތުންގެ މަޖިލީހުގައި 33 ބިލެއްގެ މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން ކަމާބެހޭ ކޮމިޓީތަކުގައި އޮތް އިފްލާސްކުކުރުމުގެ ބިލާއި، މަދަނީ އިޖުރާއަތުގެ ބިލާއި ހެއްކާބެހޭ ބިލަކީ އަވަހަށް ނިންމަން ޖެހޭ ބިލުތަކެއް ކަމަށް ވެސް ވިދާޅުވިވިއެވެ. އެ ބިލުތަކުގެ މުހިއްމުކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނީ މައްސަލަތަކުގެ ސަބަބުން ބޭންކުތަކުގައި މޯގޭޖު ނުކުރެވިގެން ވިޔަފާރި ތަރައްގީ ނުކުރެވި 76 ރަށް ހުއްޓިފައިވާ ކަމަށެވެ.
އެ ރަށްރަށުގެ މޯގޭޖު ވިއްކާލުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު ގާނޫނީ އެތައް މައްސަލަތަކެއް ދިމާވާ ކަމަށް ބޭންކުތަކުންނާއި ކޯޓު ތަކުންނާއި، ގާނޫނީ ވަކީލުން ބުނަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ބިލުތަކަކީ އަވަހަށް ނިންމަން ޖެހޭ ބިލުތަކެއް ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް