ރާއްޖޭގެ ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖައްސާފައި ވަނީ އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯއެވެ. އުމުރުން 52 އަހަރުގެ އިޓަލީ ކޯޗު މޮރިއޭރޯއަކީ ކުޅުންތެރިއެއްގެ ގޮތުގައި ވިދާލި ތަރިއެކެވެ. ކަގިލިއަރީ އާއި ރޯމާގެ އިތުރުން ނަޕޯލީ އާއި އިންޓަ މިލާނަށްވެސް މޮރިއޭރޯ ކުޅެފައިވާއިރު، އޭނާ ވަނީ އިންޓަ މިލާނާއެކު 1997-98 ގެ ޔޫއެފާ ކަޕް، ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ. ފޮޓޯތަކުން އެންމެ ބޮޑަށް އަޅައިގަތީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ރޮނާލްޑޯއާއެކު މޮރިއޭރޯ އުފާފާޅުކޮށްފައިވާ ފޮޓޯތަކެވެ. އެ ފޮޓޯތަކާއެކު ކުޅުންތެރިއެއްގެ ގޮތުގައި މޮރިއޭރޯ ކުޅުނު ފެންވަރު ސާފުވެއެވެ. ދެން އޮތީ ކޯޗުކަމުގެ ސުވާލެވެ.
ކޯޗިންގައި މޮރިއޭރޯއަކީ އޭޝިއާގެ ފުޓުބޯޅައަށް އާ މޫނެކެކެވެ. 2006 ވަނަ އަހަރުން ފެށިގެން ކޯޗުކަމަށް ވަދެ، އޭނާ ވަނީ އެފްރިކާގެ ބައެއް ކްލަބުތަކަށް ކޯޗު ކޮށްދީފައެވެ. އޭގެ ތެރޭގައި އައިވޮރީ ކޯސްޓުގެ އެފްރިކާ ސްޕޯޓްސް ހިމެނެއެވެ. އޭގެ ފަހުން އިޓަލީގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް މޮރިއޭރޯ ކޯޗުކަން ކޮށްދީފައިވާއިރު، އޭނާ ވަނީ ސެރެއާ ބީގެ ކްލަބުތައް ކަމަށްވާ ފްރޮންސިނޯން އާއި ގްރޮސެޓޯ އަދި ލެސޭއަށްވެސް ކޯޗުކަން ކޮށްދީފައެވެ. މިރިއޭރޯ އެންމެފަހުން 2020 ވަނަ އަހަރު ޑިސެމްބަރު މަހު ކޯޗުކަން ކޮށްދިނީ އަލްބޭނިއާގެ ކްލަބު ޑައިނަމޯ ޓިރާނާއަށެވެ.
އެހެންކަމުން މޮރިއޭރޯއަށް ރާއްޖެ ވާނީ ޗެލެންޖަކަށެވެ. އެކަމާ ގުޅިގެން އިޓަލީގެ ނޫހަކަށް ދީފައިވާ އެކްސްކްލޫސިވް އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ އާ ގޭމެއް ގެނެސް، ރާއްޖޭގެ ފުޓުބޯޅައަށް ކުރެވެން އޮތް އެންމެ ބުރަ މަސައްކަތެއް ކުރަން ތައްޔާރު ކަމަށެވެ.
"އަހަރެން ގެންނަން ބޭނުންވާ ފިލޯސަފީއަކީ އިޓަލީގެ ފިލޯސަފީއެއް. އިޓަލީގެ ގޭމް. އެހެންނަމަވެސް އެކަން ކުރާނީ ކުޅުންތެރިންނަށް އެކަށޭނެ ގޮތަކަށް. އަހަރެންގެ ކޯޗިންގައި އަބަދުވެސް ބޭނުންކުރާ އައިޑީއަކީ މަންޗީނީގެ އިޓަލީ ސްޓައިލް. އެއީ އަހަރެންގެވެސް ސްޓައިލް. އެޓޭކިން ސްޓައިލެއް ގެނެވޭތޯ ބަލާނީ،" އިޓަލީގެ ކާމިޔާބު ކޯޗު މަންޗީނީއާއެކު ކޯޗިން ތަމްރީނުތަކުގައި ހަރަކާތްތެރިވި މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯއަށް ރާއްޖޭގެ ފުރުސަތު ފަހިވީ ޕޯޗުގަލްގެ ލެޖެންޑަރީ ކުޅުންތެރިޔާ ނޫނޯ ގޮމޭޒްގެ އެޖެންސީއެއް މެދުވެރިވެގެންނެވެ. ނޫނޯ ގޮމޭޒްއަކީ މޮރިއޭރޯގެ ހާއްސަ ރައްޓެއްސަކަށްވާއިރު، އޭނާ ބުނެފައި ވަނީ ރާއްޖެ ފަދަ ގައުމެއްގައި މަސައްކަތް ކުރުމަކީ ކެރިއަރުގައި ލިބޭ ހާއްސަ ކަމެއް ކަމަށެވެ.
"އޮފާ ލިބުނީ ނޫނޯ ގޮމޭޒް މެދުވެރިވެގެން. އެއީ އަަހަރެންގެ ރައްޓެއްސެއް. އޭނާ ގުޅުމާއެކު އަހަރެން ބުނީ ރާއްޖޭގެ ހުށަހެޅުން ގަބޫލުކުރާ ކަމަށް. އަހަރެން ވަރަށް ބޮޑަށް ބޭނުންވި ގައުމުން ބޭރުގެ ތަޖުރިބާއެއް ހޯދަން. އެއީ އެތައް ގޮތަކަށް އަހަންނަށް ހާއްސަވާ ޗެލެންޖެއް. މިހާރު މިހުރީ އެކަނި ނަމަވެސް އަދި އިތުރު ކޯޗެއްގެ ވިސްނުން ގެންގުޅެން،" މޮރިއޭރޯ ބުންޏެވެ.
އިޓަލީގެ ސަލެންޓޯއަށް އުފަން މޮރިއޭރޯ ބުނެފައިވާ ގޮތުން އޭނާ މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ޓީމުން ކުރިން ކުޅެފައިވާ މެޗުތައް ދިރާސާ ކުރުމެވެ. ހާއްސަކޮށް އޭނާ މިހާރު ބަލަމުން އަންނަނީ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭޝިއަން ކަޕް އަދި ވޯލްޑް ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅުނު މެޗުތަކުގެ ވީޑިއޯތައް ކަމަށް މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯއަށް ރާއްޖޭގެ ކޯޗުކަމުގައި ފުރަތަމަ ނުކުންނަން ޖެހޭނީ ކުރިއަށް އޮތް މަހިންދަ ރާޖަޕަކްސާ ކަޕަށެވެ. ލަންކާގައި އޮންނަ އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ލަންކާ އާއި ޝީޝެލްސް އަދި ބަންގުލަދޭޝްއެވެ.

ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު