Close
ޚަބަރު

ޖަލު ހުކުމެއްގައި ހުރި މީހަކު ބަލި ހާލަތު ހުރި ގޮތުން އާއިލާ އާ ހަވާލު ކުރި ފަހުން މަރުވެއްޖެ

ރިފާ ހަލީލު

1

ޖަލު ހުކުމެއް ކޮށްފައިވާ މީހަކު ބަލި ހާލަތު ހުރި ގޮތުން އާއިލާ އާ ހަވާލުކުރި ފަހުން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ޖަލު ހުކުމެއް ކޮށްފައިވާ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ހަވާލު ކުރުމަށް ގދ. ތިނަދޫ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި އެ މީހާ ބަލިވުމާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓުކޮށްގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބަލި ހާލަތު ހުރި ގޮތުން މިމަހުގެ 21 ވަނަ ދުވަހު އޭނާގެ އާއިލާގެ މީހުންނާ ހަވާލު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ. ފުލުހުން މިހެން ބުނި ނަމަވެސް ހަވާލުކުރީ ކިހިނެއް ކޮން އުސޫލަކުން ކަމެއް އަދި ވަނީ ސާފު ނުވެފަ އެވެ. އަދި ހުކުމް ތަންފީޒު ކުރަން ޖެހޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ދުވަހު ހުންނަން ޖެހުނީ ކިއްވެކަންވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އިތުބާރު ހުރި ފަރާތަކުން "ވަން" އަށް މިއަދު ބުނީ މި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އަދި ފަރުވާ ދެމުން އަންނަނިކޮށް އޭނާ ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

މި މީހާ އަށް ހުކުމް ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަން "ވަން" އަށް ވަނީ ކަށަވަރު ވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟