ނަވާރަ އަހަރުގެ އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ނަވާރަ އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެކެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަށް އަނިޔާކޮށްފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއެވެ. އަދި އޭނާ އެކަން ކޮށްފައިވަނީ ހުޅުމާލޭގައި އެ އަންހެން މީހާ ހުއްޓައި ގަދަކަމުން މާލެ ގެނެސް ކަމަށްވެސް އެނގިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ އަންހެން މީހާ ގަދަކަމުން ނުގެންދާ ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުށް ކުރި ކަމަށް އެކަށީގެންވާ ހެއްކާ ގަރީނާ ހުށަހަޅާފައި ހުރުމުން 10 ދުވަހަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ރަހީނުވެސް ކުރިއެވެ. ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމެއް ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު