ރާއްޖެއަށް ކަނޑުމަގުން 215 ކިލޯގެ ޑުރަގް އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
އެ ޑުރަގް އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގު އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) އެވެ.
ފުލުހުން ބުނީ، އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާ އިރު، މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ.
ޚަބަރު
ޚަބަރު
ޚަބަރު