މާދަމާ ހެނދުނު 7:00-8:00 އަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިރޭ ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ އެކުންފުނީގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓްތަކެއް މާދަމާ ހެދުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެއީ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިގެން ކުރިއަށް ގެންދާ ޓެސްޓްތަކެއް ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ މާދަމާ ކަރަންޓު ކެނޑިއްޖެ ނަމަ ދިމާވެދާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.
ސްޓެލްކޯއިން މިހާރު މާލެ އާއި ހުޅުމާލެއަށް ކަރަންޓް ދެނީ އެއް ވިއުގަ އަކުން ގުޅާލާފައިވާ ކަރަންޓް ކޭބަލަކުންނެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެއް ވިއުގައަކުން ގުޅާލުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ
ޚަބަރު
ޚަބަރު