އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮތް މަހުމޫދު އަބޫބަކުރު (55އ)ގެ ހަށިގަނޑު އިތުރު ތަހުލީލުތަކެއް ހެދުމަށް މާލެ ގެނެސްފިއެވެ.
މަހުމޫދު ގެއްލިގެން ހޯދަން ފެށީ ސާފް ޗެމްޕިއަންޝިޕުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއާއި އިންޑިއާ މެޗަށްފަހު ގެއިން ނުކުތް ގޮތަށް އޭނާގެ ހަބަރެއް ނުވާތީއެވެ. މަހުމޫދު ހޯދުމަށް ގެތައް ފާސްކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅެއްގެ ތެރެއިން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.
އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު "ވަން" އަށް ބުނީ އޭނާ ވަޅުން ނެގި ވަގުތު ބޮލުން ވަރަށް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށެވެ. އަދި އެ ވަޅު މައްޗާއި ވަޅު ކައިރީގައިވެސް ވަރަށް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އޭނާ ބުންޏެވެ.
ފުލުހުން މިއަދު ބުނީ އިތުރަށް ހަދަން ބޭނުންވާ ތަހުލީލުތަކެއް ހެދުމަށް ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މަހުމޫދުގެ ހަށިގަނޑު ހިނަވާން ގެންދިޔަ ފަހުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މަހުމޫދުގެ ވައިނޮޅީގެ ދެފަރާތަށް ވަނީ ވަޅި ޖަހައިފައެވެ. އޭގެ އިތުރުން ބޮލުގެ އެތައް ތަނަކަށް ވެސް ތޫނު އެއްޗެއް ހަރާފައި ހުއްޓެވެ. އެތަންތަނުގެ ފުންމިން ބޮލުގެ ނާށިގަނޑާ ހަމަޔަށް ހުރި ކަމަށް ވެސް ބުންޏެވެ. މަހުމޫދު ނެގި ވަޅުގައި ހުރި ފެން ވެސް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ލެޔަށް ބަދަލުވެ، ފެންގަނޑު ކުނިވެފައި ކަމަށް ވެސް ބުންޏެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ރައްޔިތުން ނުކުމެ ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާއިރު މަހުމޫދުގެ މަރުގެ އެންމެ ބޮޑު ތުހުމަތެއްވެސް ވަނީ އެ ދެމީހުންނަށެވެ. އެތަނުން އެއް ޒުވާނަކީ ތޮއްޑު އާއި ދަނގެއްޗަށް ނިސްބަތްވާ ޒުވާނެކެވެ. އަނެއް ޒުވާނާއަކީ ތޮއްޑޫ ޒުވާނެކެވެ. އެ ދެ ޒުވާނުންނަކީވެސް ވަރަށް އެކުގައި އުޅޭ ދެ ޒުވާނުންނެވެ.
މަހުމޫދު މަރާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހާއްސަ އިންވެސްޓިގޭޝަން ޓީމަކުން މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެ ތަހުގީގު ކުރިއަށްގެންދަނީ ހުރިހާ ކަމަކަށް ސަމާލުވެ މި ލާއިންސާނީ އަމަލު ހިންގުމުގައި ބައިވެރިވި ކުށްވެރިން ހައްޔަރު ކުރުމަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު