ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ، ދިރާގާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ގުޅިގެން ހިޔާ ފްލެޓް ސަރަހައްދުގައި ގައުމީ ޓީމުން މިރޭ ކުޅޭ މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ، އެ ކުންފުންޏާއި ދިރާގު ގުޅިގެން ހިޔާ ފުލެޓް ސަރަހައްދުގައި ގައުމީ ޓީމުގެ މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި މެޗު އެޅުވުމަށް ހަމަޖެހިފައިވަނީ ދިރާގު ޓީވީ މެދުވެރިކޮށް ކަމަށެވެ.
"އަޅުގަނޑުމެންނާއި ދިރާގު ގުޅިގެން، ހިޔާ ފުލެޓް ސަރަހައްދުގައި ގައުމީ ޓީމުގެ މެޗު ބެލޭނެ އިންތިޒާމު ވަނީ ކުރެވިފައި. މެޗު އެޅުވުމަށް ހަމަޖެހިފައިވަނީ ދިރާގު ޓީވީ މެދުވެރިކޮށް،" އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓް ސަރަހައްދުގެ އިތުރުން އެޗްޑީސީން ވަނީ ހުޅުމާލޭގެ އިތުރު ދެ ސަރަހައްދެގައިވެސް މެޗްތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު މިރޭ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 21:00 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު