ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތައް ލިޔުމަށް ވޮއިސް ރިކޮގްނިޝަން އެޕްލިކޭޝަނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ވޮއިސް ރިކޮގްނިޝަން އެޕްލިކޭޝަން ތަރައްގީ ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާ ތަރުޖަމާ ކުރުމަށް ޓަކައި ޓްރާންސްލޭޝަން އެޕްލިކޭޝަންގެ މަސައްކަތްވެސް މަޖިލީހުން ކުރިއަށް އެބަ ގެންދާ ކަމަށެވެ.
އޭގެ އިތުރުން ވެސްޓް މިނިސްޓަރު ފައުންޑޭޝަން ފޯ ޑިމޮކްރަސީ އާއި އިންޑިޔާގެ ގާނޫނު ހަދާ މަޖިލިސް ލޮކްސަބާގެ އިތުރުން ސްރީލަންކާގެ މަޖިލީހާ އެކީ ވެސް ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެކަންތައް ކުރިއަށްދާއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކުވެސް މަޖިލީހުން މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ މަސައްކަތްތަކުގެ ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް