ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލ. ގަން ރީޖަނަލް ހޮސްޕިޓަލު ބޯޑު އެކުލަވާލައި، ފަސް މެމްބަރަކު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަދު ލާމަރުކަޒީ އުސޫލުން ގަން ހޮސްޕިޓަލްގެ ކަންކަން ބެލެހެއްޓުމަށް އެ ހޮސްޕިޓަލްގެ ބޯޑު މިއަދު ރައީސް ސޯލިހް އެކުލަވާލާފައިވާ ކަމަށެވެ.
- އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ. ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
- ޑޮކްޓަރ މުހައްމަދު އިސްމާއީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖުރިބާކާރެއް)
- މުހައްމަދު ހަމީދު، އަލިވިލާގެ، ލ. ފޮނަދޫ ( އާންމުންގެ ތެރެއިން އައްޔަންކުރެވޭ މެންބަރެއް)
- އިސްމާއީލް އަލީ، ތުނޑި، ބިނާ، ލ. ގަން ( ސިޓީ ކައުންސިލްގެ މެންބަރެއް)
- މުހައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން ( ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)
ބޯޑުގެ ޗެއާޕަސަންގެ މަގާމަށް ރައީސް ސޯލިހް އައްޔަންކުރެއްވީ ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ބޯޑުގައި ހިމެނޭ އިބްރާހިމް ޝަރީފެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމަށް ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ބޯޑުތައް ސަރުކާރުން އަންނަނީ އެކުލަވާލަމުންނެވެ. އެގޮތުން މިއަހަރު ވަނީ އައްޑޫ އިކުއަޓޯރިލް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ބޯޑުވެސް ސަރުކާރުން އެކުލަވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު