ހުރިހާ ޖަލުތައް ސްޕާތަކަށް ބަދަލު ކުރަން ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޖާބިރު މިކަމަށް ގޮވައިލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާނުވާ ޖަހާައި ޖަލުގައި ގިނަ ބަޔަކު ތިބި މައްސަލައާއި ޖަލުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ހަމަޖެއްސުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައީ ވާނުވާ ޖަހައި ޖަލަށްލާ މީހުންގެ މައްސަލައަށް ހައްލެއް ހޯދަން ކަމަށެވެ. ނަމަވެސް އަދިވެސް އެކަން ހައްލު ކުރެވިފައި ނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ޖަލުތައް ހިންގަނީ އަލްކަޓްރާސްގެ އުސޫލުން ކަމަށާއި އެއީ ބޮޑު ވިޔަފާރިއެއް ކަމަަށެވެ.
އެކަންކަން ރަނގަޅު ކުރުމަށް ޓަކައި ވަގުތުން ވަގުތަށް އަފްވާމެއް ނެރެ ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލުމަށް ޖާބިރު ގޮވައިލެއްވިއެވެ. ޖާބިރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޖަލުތައް ނުހުންނާނެ ކަމަށެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު