އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން އިންތިހާބުކުރުމަށް މިއަދު އޮތް އެ ޕާޓީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އޭނާގެ ދަރިފުޅު އަހުމަދު މުއާޒް އަބްދުﷲ ޖާބިރު ޓިކެޓު ކަށަވަރުކުރައްވައިފިއެވެ.
ޖާބިރު ކަށަވަރު ކުރެއްވީ މިހާރުވެސް އޭނާ ތަމްސީލުކުރައްވަމުންގެންދަވާ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓެކެވެ. އަހުމަދު މުއާޒް އަބްދުﷲ ޖާބިރު ކަށަވަރު ކުރެއްވީ މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓެވެ.
ޖާބިރު އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ މަހިބަދޫ އަންހެނަކާއެވެ. މުއާޒަކީ، ޖާބިރުގެ އެންމެ ދޮށީ ދަރިފުޅެވެ.
ނަވާރަ ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓް ބަލިކުރެއްވުމަށް ފަހު ޖާބިރު އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ޖާބިރު ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު