އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ އަށްވަނަ މެޗުގައި ނޭޕާލާއި އިންޑިއާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ މި މުބާރާތުގައި އިންޑިއާ ކުޅޭނެ ދެވަނަ މެޗު. އިންޑިއާއިން އަދި މިހާތަނަށް މުބާރާތުގައި މޮޅުވެފައެއްް ނުވޭ. އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގުލަދޭޝްއާ އެއްވަރުވި އިރު، ދެވަނަ މެޗުގައި ސްރީލަންކާ ކައިރިންވެސް ހޯދުނީ ޕޮއިންޓެއް. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއަށް ފައިނަލަށް ދެވެން އޮތީ މިރޭ މޮޅުވެގެން. އަނެއްްކޮޅުން މެޗަށް ނުކުންނަ ނޭޕާލަކީ މިހާތަނަށް މުބާރާތުގައި ކުޅެމުންދާ އެންމެ ފޯމު ރަނގަޅު ޓީމު. އެޓީމުން ވަނީ ރާއްޖެއާއި ލަންކާވެސް ބަލިކޮށްފައި. މިރޭގެ މެޗުން މޮޅުވެ، ނޭޕާލަށް ފައިނަލް ޔަގީން ކުރެވޭނެ.
- ނޭޕާލާއި އިންޑިއާ ވަނީ މިހާތަނަށް 21 ފަހަރަށް ކުރިމަތިލާފައި
- އޭގެ ތެރެއިން 14 މެޗަކުން މޮޅުވީ އިންޑިއާއިން
- ނޭޕާލަށް މިހާތަނަށް އިންޑިއާ ބަލިކުރެވުނީ އެންމެ ދެ މެޗުގައި
- އެއީ 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގައާއި، 1993 ވަނަ އަހަރު ބަންގުލަދޭޝްގައި ކުޅުނު މުބާރާތެއްގައި
- މުބާރާތުގެ ކުރިންވެސް މި ދެޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗެއްގައި ވާދަކޮށްފައި
- އޭގެ ތެރެއިން އެއް މެޗު އެއްވަރުވެގެން ނިމުނު އިރު، އަނެއް މެޗުން މޮޅުވީ އިންޑިއާ
- އެންމެފަހުން ނޭޕާލާއި އިންޑިއާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރީ 2015 ވަނަ އަހަރު
- އެ މެޗު 4-1 އިން ކާމިޔާބުކުރީ އިންޑިއާ
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް