ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
ރާއްޖެއާ އިންޑިއާއާ ދެމެދު ވިސާއާ ބެހޭ އާ އެގްރިމެންޓެއްގައި ސޮއިކުރީ ޑިސެމްބަރު 2018ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެ އެއްބަސްވުމުގެ ދަށުން ބޭސްފަރުވާގެ ކަންކަމަށް އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަހަށް އިންޑިއާގައި ހުރެވޭނެއެވެ. ނަމަވެސް ކޮވިޑް-19އާ ހެދި އިންޑިއާގެ ބޯޑަރުތައް ބަންދުކުރަން ޖެހުމުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ހުރިހާ ކެޓަގަރީއަކުން އިންޑިއާ ވިސާ ދިނުން މެދުކަނޑާލި އެވެ.
އެގޮތަށް ހެދި ނަމަވެސް، އެ އަހަރުގެ ޖޫން މަހުން ފެށިގެން ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި އެ ހުއްދައިގެ ދަށުން މިއަދާ ހަމައަށް 14،000 އަށްވުރެ ގިނަ ދިވެހިން ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.
ހައިކޮމިޝަނުން ބުނީ، މިމަހުގެ 15 އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ވިސާއާ ނުލައި ބޭސްފަރުވާއަށާއި ފަތުރުވެރިކަމަށް އަދި ވިޔަފާރިއަށް އިންޑިއާއަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި ދިވެހިންނަށް އެ ފުރުސަތު ދޭން ނިންމީ، މިދިޔަ ތިނެއް ނުވަތަ ހަތަރު މަސް ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް މެޑިކަލް ވިސާއަށް އެދެމުންދާތީ ކަމަށް ބުންޏެވެ.
މި ނިންމުމާއެކު އަނެއްކާވެސް އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަހަށް އިންޑިއާގައި ހުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު