ސާފް ޗެމްޕިއަން ޝިޕް (ސާފް) ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗު ބައްލަވައިލެއްވުމަށް، ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، ނަމާލް ރާޖަޕަކްޝާ ރާއްޖެ ވަޑައިގެންފި އެވެ.
ނަމާލް ރާޖަ ޕަކްޝާ ރާއްޖެ ވަޑައިގެންފައި ވަނީ މިއަދު ހެނދުގެ ވަގުތެއްގަ އެވެ. މިނިސްޓަރު ނަމާލް އަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް އެވެ.
މިނިސްޓަރު މަހުލޫފް ދާދި ދެންމެ "ވަން" އަށް ވިދާޅުވީ މިހާ ކުޑަ ވަގުތުކޮޅަކަށް ވެސް މިނިސްޓަރު ނަމާލް ރާއްޖެއަށް ވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ. އެއިން ދައްކައިދެނީ ލަންކާގެ ގައުމީ ޓީމު ބައިވެރިވާ މި މުބާރާތުގެ މުހިންމުކަން އެ ގައުމަށް އޮތް މިންވަރު ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
ތާވަލު ހަމަޖެހިފައިވާ ގޮތުން މެޗު ބައްލަވައިލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި މިނިސްޓަރު ނަމާލް ރާއްޖެ އިން ފުރާވަޑައިގަންނަވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު 04:00 ގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު