ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގެ ކުރިއަށް ހުރި މެޗުތަކަށް ވީހާވެސް ގިނަ ބަޔަކަށް ޓިކެޓު ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު 4:00 ގައި ރާއްޖެއާއި ލަންކާ ކުޅޭ މެޗުގެ ޓިކެޓު ގަތުމަށް އިއްޔެ ހެނދުނުން ފެށިގެން ގިނަ ބަޔަކު ކިޔުގައި ތިއްބައި، ޓިކެޓު ހުސްވެއްޖެކަން އެފްއޭއެމުން ބުނުމުން ގަލޮޅު ރަސްމީ ބޯޅަދަނޑު ކައިރީގައި ގިނަ ބަޔަކު އަޑު އުފުލައި، މުޒާހަރާ ކުރިއެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްތިއުފާއަށްވެސް ގޮވިއެވެ.
އެކަމާ ގުޅިގެން އެފްއޭއެމުން އިއްޔެ ވަނީ ކުލަބުތަކާއި ކުޅުންތެރިންގެ އާއީލާ އަދި ސްޕޮންސަރުންނަށް ވިއްކާ ޓިކެޓުގެ ތެރެއިން 1000 ޓިކެޓު ރޭ ވިއްކައިފަ އެވެ. އެ ޓިކެޓުތައް ވިއްކީ މީހަކަށް ޓިކެޓެއްގެ މަގުން ކަމުން، ޓިކެޓު ގަތުމަށް އިއްޔެ ހަވީރުން ފެށިގެން ކިޔުގައި ޖެހުނެވެ.
ސަސްޕެންޝަނުގައި ހަތަރު މަސް ވަންދެން ހުންނެވުމަށްފަހު ރަސްމީ މަސައްކަތަށް މިއަދު ނުކުމެވަޑައިގެން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިވަޑައިގެންފައެވެ.
"އެފްއޭއެމްއާ ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެ ގޮތް ކުރިއަށް ހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވަދޭނަން،" މަހުލޫފު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެ އާއި ބަންގުލަދޭޝް މެޗަށް ޓިކެޓު ވިއްކި އިރުވެސް ވަނީ ދަނޑުކައިރީގައި އިހުތިޖާޖު ކޮށްފައެވެ. ނަމަވެސް އެފަހަރު އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރީ ބަންގުލަދޭޝްގެ ސަޕޯޓަރުންނެވެ. އެމީހުންގެ ޝަކުވާއަކަށް ވީ 5000 ޓިކެޓުގެ ތެރެއިން ބަންގުލަދޭޝް ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކުމެވެ. ނަމަވެސް ސާފުގެ އުސޫލުގައިވާ ގޮތުން ހޯމް ސަޕޯޓަރުންނަށް ގިނަ ޓިކެޓު ހާއްސަކުރަން ޖެހެއެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު