ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގާ ދެކޮޅަށް ކުރާ ދައުވާތަކަށް އޭނާ އިންކާރުކޮށްފިއެވެ.
ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރި އުމުރުން 37 އަހަރުގެ ފްރާންސިސް ހޯގެން ވަނީ މާކް އާ ދެކޮޅަށް ގިނަ ތުހުމަތުތަކެއް ކޮށް، ކޯޓަށް ބަޔާން ދީފަ އެވެ. މީސް މީޑިއާ އެޕްލިކޭޝަން ފޭސްބުކުން މީހުންގެ މެދުގައި ބައިބައިވުން އުފެއްދުމާއި ކުޑަކުދިން ނުރައްކަލަށް ހުށަހަޅާ ކަމަށާއި މިކަންކަން ބަލަން ޖެހޭ ކަމަށް ހޯގަން ވަނީ ބުނެފައެވެ.
ހޯގަންގެ މި ބަޔާން ދީފައިވަނީ ކުންފުނިން ދެމުން އަންނަ ފޭސްބުކް، އިންސްޓަގުރާމް އަދި ވަޓްސްއެޕްގެ ހިދުމަތްތައް 6 ގަޑިއިރަށްވުރެ ގިނަ އިރުތަކެއް ވަންދެން މެދުކެނޑި ދިމާވި ދަތިތަކުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެގެން ދިޔަ ދަނޑިވަޅެއްގައިވެސްމެ އެވެ. ހިދުމަތްތައް އެހާ ގިނަ އިރުތަކަކަށް މެދުކެނޑުމުން އާއްމުންގެ ކިބައިން މައާފަށް އެދި އެކުންފުނީން ވަނީ މައްސަލަ ހައްލުކޮށް ހަ ގަޑިއިރަށްފަހު ހިދުމަތްތައް ދޭން ފަށާފައެވެ.
މާކް އާ ދެކޮޅަށް އޭނާގެ ކުރީގެ މުވައްޒަފަކު ކުރި ދައުވާއާ ގުޅިގެން މާކް ވަނީ ވާހަކަ ދައްކާފައެވެ. ''ކުންފުނީގެ މަންފާއަށް ފޭސްބުކް ބޭނުން ކުރާ މީހުން ގަސްދުގައި މީހުން ރުޅި އަރުވާ ކަމަށް ބުނާ ވާހަކައަކީ ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން.'' ފޭސްބުކުގެ މުވައްޒަފުންނަށް އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މާކް ބުނެފައިވާ ގޮތުގައި މީހުންގެ އިހުސާސުތަކާ ކުޅެ ރުޅިއަރުވައި، މާޔޫސް ކުރުވުމުގެ ބޭނުމުގައި އެއްވެސް ޓެކް ކުންފުންޏަކުން އުފެއްދުންތަކެއް އުފައްދާނެކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.
އާދިއްތަ ދުވަހު ހޯގަން ދިން ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް ބެލުމެއް ނެތި، އާއްމުންގެ ރައްކާތެރިކަމަށާއި ސިއްރުތައް ހިފެހެއްޓުމަށް ބެލުމެއް ނެތި ކުންފުނީގެ ވިޔަފާރިއަށް މަންފާ ކުރާނެ ނިންމުންތައް އެ ކުންފުނިން ނިންމާފައިވާކަމަށެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ