ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ތަހުގީގު ޓީމުގައި ހިމެނޭ ކޮންމެ މުވައްޒަފެއްގެ އަތުގައި 90 އާ ގާތްކުރާ އަދަދަކަށް މައްސަލަތައް އެބަހުރި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއަށް، އެޗްއާރުސީއެމްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާބެހޭ މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން އިބްރާހީމް މިއަދު ވިދާޅުވީ، ކޮންމެ މުވައްޒަފަކަށް އެހާ ގިނަ މައްސަލަތައް ބަލަން ޖެހިފައިވާތީ، ތަހުގީގު ޓީމަށް މުވައްޒިފުން އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
އެދަތިކަމުގެ ސަބަބުން، ކޮމިޝަނުން މައްސަލަ ނިންމަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތިން މަސް ދުވަހުގެ މުއްދަތުގައި، މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޖިނާއީ ދައުވާއެއް ކުރާވަރަށް ހެކި އެއްކޮށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ދަތިތަކުގެ ސަބަބުން ބައެއް މައްސަލަތައް ނިންމުމަށް 11 މަސް ދުވަސް ހޭދަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެ ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގައި 18 މުވައްޒަފުން ހިމެނޭ އިރު، ހަ މުވައްޒަފަކު ޓޯޗާގެ މައްސަލަތަކަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.
ޔާމީން ވިދާޅުވީ، ކޮމިޝަނަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވީ ނަމަވެސް މިހާރުން މިހާރަށްވެސް މުވައްޒަފުން ބޭނުންވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު