އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމު ގޮސްފިއެވެ.
ފުުލުހުން ބުނީ، ރައީސް އޮފީސް ގޭޓް ކުރިމައްޗަށާއި ހުކުރު މިސްކިތް ތެރެއަށާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދުކުރަން ތިއްބައި މީހަކު ކުޑަކަމުގޮސްފައިވާ ކަމަށެވެ. އެހުރިހާ ތަނަކަށްވެސް ކުޑަކަމު ގޮސްފައިވަނީ އެކަކެވެ.
ނަމާދަށް ތިއްބައި އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް ތެރެއަށް މީހަކު ކުޑަކަމު ދިޔަ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ސާފެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެތިން ތަނަށްވެސް ކުޑަކަމު ގޮސްފައިވަނީ ފިރިހެނެކެވެ. އަދި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.