ހުޅުމާލޭ ދެވަނަ ފިޔަވެއްސަށް މާދަމާއިން ފެށިގެން ބަހުގެ ހިދުމަތްތައް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓިސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން ދާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން ޓްރާންސްޕޯޓު މިނިސްޓްރީ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަދި އެ ކުންފުންޏާ
އެކު ކުރެވުނު މަޝްވަރާތަކަށްފަހު މާދަމާ އިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަހުގެ ހިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންނ އަންނަ ބަހުގެ ހިދުމަތް ފުޅާކޮށް އެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީ ގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރު ބަސް ރޫޓަށް ބަދަލު ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު