ކަރަންޓީނު ނުވެ އިޓަލީއަށް ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓުގައި އިޓަލީން ރާއްޖެ ހިމަނައިފި އެވެ.
ކޮވިޑު-19އިގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. މިހާރު އިޓަލީގައި ކޮވިޑު-19 ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށް، އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފަ އެވެ. އެގޮތުން ޔޫރަޕަށް ނިސްބަތް ނުވާ ހަ ގައުމަކަށް ދަތުރުކުރުމުގައި އިޓަލީ ސަރުކާރުން ވަނީ މިހާރު ލުއި ދީފަ އެވެ. އެއީ ރާއްޖޭގެ އިތުރުން ސީޝެލްސް، މޮރިޝަސް، މިސްރު، ޑޮމެނިކަން ރިޕަބްލިކް އަދި އަރުބާ އެވެ.
އިޓަލީއަށް ކަރަންޓީ ނުވެ ދަތުރުކުރުމުގެ ހުއްދަ މީގެކުރިން ދީފައި އޮތީ ޔޫރަޕުގެ ގައުމުތަކަށެވެ. ޔޫރަޕުން ބޭރުން ހަ ގައުމަކަށް ހަ ގައުމަށް ދަތުރު ކުރުމަށްފަހު އަބުރާ ގައުމަށް އައިސް ކަރަންޓީން ވާން ނުޖެހޭނެކަން އިޓަލީ ސަރުކާރުން އިއުލާން ކުރީ އިއްޔެ އެވެ.
އިޓަލީގެ ސަރުކާރުން މި ހަ ގައުމަށް ދަތުރު ކުރުމަށްފަހު އެނބުރި ގައުމަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ ކަން އިއުލާނުކޮށްފައިވާ އިރު، އެ ގައުމުތަކަށް ދަތުރުކުރާ އިރު، ގްރީން ޕާސް އެއް އޮންނަން ޖެހެ އެވެ. އެއީ ކޮވިޑް ޖެހި ރަނގަޅުވުން ނުވަތަ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމެވެ. އިޓަލީން ފުރުމުގެ 48 ގަޑި އިރު ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެ އެވެ. އަދި އަނބުރާ ގައުމަށް ދިއުމުގެ 48 ގަޑި އިރު ކުރިން ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހޭނެ އެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ކޮވިޑު-19އިގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިޓަލީންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު މާކެޓެއްގެ ގޮތުގައި އިޓަލީ ފާހަގަކުރެވޭ އިރު، އިޓަލީގެ ފަތުރުވެރިންނަށް ލުއިތަކާ އެކު ރާއްޖެ ދަތުރުކުރެވެން ފެށުން އެއީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު