އަލިކިލެގެފާނު މަގުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ރެސްޓޯރަންޓެއްގެ ބިއްލޫރި ގަނޑުގައި ޖެހި ތަޅައިގެންގޮސް ބަޔަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މުދާ އުފުލާ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ރެސްޓޯރެންޓެއްގެ ބިއްލޫރި ގަނޑުގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ ރިޕޯޓު މިއަދު މެންދުރު ފަހު 14:00 ގައި ލިބުނު ކަމަށެވެ. އަދި ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެތިކޮޅު ކޮޅު ބުރައިގެން ދިޔުމުގެ ސަބަބުން އެވަގުތު އެތަނުގައި ތިބި މީހުންނަށް ކުދި އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިކިލޭގެފާނު މަގާއި ލިލީ މަގުގެ ކަންމައްޗަށްވާ ގޮތަށް ހުންނަ މިސްޓަ ސަބް ރެސްޓޯރެންޓު ބޭރުގައި ބަހައްޓާފައި ހުރި ފުލުހުންގެ ބެރިކޭޑްތަކެއްވެސް ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި އެތާ ބޭރު މަގުގައި ހަރުކޮށްފައި ހުރި މަގުމަތީ ނިޝާން ބޯޑު ވަނީ ކެފޭގެ ތެރެއަށް ވެެއްޓިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު