ސަތާރު މީހުންނާއެކު ބޮލިފުށި ކައިރިން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވުމުގެ ސަބަބުން އަޑިއަށް ހިނގައްޖެ އެވެ. މި ސަފާރީން ދަތުރުކުރި މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ކޯސްޓްގާޑުން ބުނެ އެވެ.
ބޮލިފުށި ކައިރިއަށް ދިޔަވެ އަޑިއަށް ގޮސްފައި ވަނީ "ހޭންޑީ ކްރޫޒް" ކިޔާ ސަފާރީއަކަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:30 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެ ސަފާރީން ދަތުރުކުރި މީީހުން ކޯސްޓުގާޑަށް ނެގުމުގެ މަސައްކަތްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެމްއެންޑީއެފުން ބުނީ، ސަފާރީގައި ތިބި 17 މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދު ރާއްޖޭގެ ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަ ވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބައެއް އަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާ ކަމަށް ބުނެ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ
ޚަބަރު
ޚަބަރު
ޚަބަރު