މިހާރު ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަލްއުސްތާޒާ ފާތިމަތު ފަރްހީޒާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ހުސްވި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ކުރުމަށް ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ގޮތުގައި ކުރިން ހުންނެވި އަދި މިހާރު ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަށް ނޯޓިސް ދިން ކަމަށެވެ.
ނަމަވެސް އެ ސުލޫކީ މައްސަލަ، ތަހުގީގު ކުރިއިރު، އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް މިމަހުގެ 19 ވަނަ ދުވަހު އެކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފާތިމަތު ފަރުހީޒާ އައްޔަން ކުރީ ހުސްވި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން