މޫސުން ގޯސްވުމުގެ ސަބަބުން އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބާއްވަން ތައްޔާރުވަމުންދިޔަ ޖަލްސާ ފަށަން ހަމަޖެހިފައި އޮތީ މިރޭ 8:30 ގައެވެ. ޖަލްސާ

އިދިކޮޅުން ބުނީ، މިރޭގެ ޖަލްސާއަކީ ވަރަށް ގިނަބައެއްގެ އެދުމުގެ މަތިން ބާއްވަން އުޅުނު ޖަލްސާއެއް ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ޖަލްސާ ކެންސަލް ކުރަން ޖެހުނީ ކަމަށެވެ. އަދި މޫސުމާބެހޭ ގައުމީ އިދާރާއަށް ގުޅައިގެން މިރޭގެ މޫސުން ލަފާކުރެވޭ ގޮތް ބެލި އިރު، މިރޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން އެންގި ކަމަށްވެސް ބުންޏެވެ.

އިދިކޮޅުން ބުނީ، ޖަލްސާ މިހާރު ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.

މިރޭގެ ޖަލްސާ ކެންސަލް ކުރަން ޖެހުނަސް ކުލަބްހައުސްގައި ޕާޓީގެ ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. ކުލަބްހައުސްގައި ކުރިއަށް ގެންދާ ހަރަކާތަށް ކިޔަނީ "ޑިފެންޑް މޯލްޑިވްސް" އެވެ. މިއީ ޕީޕީއެމުން ކޮންމެ ރެއަކުވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.