އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.
އެ މާރާމާރީ ހިންގާފައި ވަނީ އައްޑޫ ފްލެޓް ސަރަހައްދުގަ އެވެ. މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދޔަ އަންގާރަ ދުވަހު އެވެ. ފުލުހުން ބުނީ، މާރާމާރީ ގުޅިގެން ބެލުމުގެ ދަށަށް ގެންދިޔަ މީހާ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓު އަމުރުކުރި ކަމަށެވެ.
މާރާމާރީގައި ޒަހަމްވީ ހިތަދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާވަނީ އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފަ އެވެ.
މިދިޔަ ހުކުރު ދުވަހު އައްޑޫގައި ވަނީ އިތުރު މާރާމާރީއެއް ވެސް ހިންގައިފަ އެވެ. އެ މާރާމާރީގައި އަންހެނަކަށާއި ފިރިހެނަކަށް ވަނީ އަނިޔާވެފަ އެވެ. މިވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީ އެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު