މިހާރު އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނާއި، އަންހެނުންގެ ހެކި ބަހުގެ ގާނޫނު އުވާލާ ގޮތަށް ހެއްކާބެހޭ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.
އެ ބިލުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވާ ހާލަތުގައި ހެކި ހުށަހެޅުމެއް ނެތި އެކަން ސާބިތު ވާނެ ކަމާއި، އެގޮތަށް ސާބިތު ވާނެ ކަންތައްތަކަކީ ކޮބައިކަން ތަފްސީލު ކޮށްފައި ވެއެވެ.
ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ ކަންކަންވެސް މި ބިލުގައި ބަޔާން ކޮށްފައިވެ އެވެ. މީގެ އިތުރުން ހެކީގެ ދަރަޖަ ތަކާއި، ހެކި ސާބިތު ކުރުމަށް އެހީވެދޭ ނިސްބަތާއި، ހެކި ބައި ކުރެވޭނެ ގޮތްތައްވެސް ބިލުގައިވެ އެވެ.
ހެކިބަސްދޭ ފަރާތަށް ސީދާ ކަމެއް އެނގިފައި އޮވެގެން މެނުވީ އެކަމުގައި ހެކިބަސް ނުދިނުމާއި، ހެކިބަސް ދިނުމުގެ ގާބިލުކަން ހުރި ފަރާތްތަކަކީ ކޮބައިކަމާއި ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކުޑަކުދީންގެ ހެކިބަސް ބަލައި ގަނެވޭނެ ގޮތްތަކާއި، ހެކިބަސް ނަގައިގެން ނުވާނެ ހާލަތްތަކާއި، ހެކިބަސް ދިނުން ލާޒިމު ކުރެވޭ ހާލަތްތައް ވެސް ބިލުގައި ވެއެވެ.
ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމަށް އުޒުރުވެރިވާ ހާލަތްތަކާއި، ހެކިބަސް ދިނުމަށް އުޒުރުވެރި ނުވެވޭ ކުށްތަކާއި، އިލެކްޓްރޯނިކް ވަސީލަތްތައް ހެކީގެ ގޮތުގައި ބޭނުން ކުރުމާބެހޭ ކަންތައްތައްވެސް ބިލުގައި ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް