ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާ އަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަނުން ބުނީ މާފަރު ބައިނަލް އަގުވާމީ ވައިގެ ބަނދަރުން އިންޑިއާގެ ނިއުދިއްލީ އަށް އަންނަ މަހު 21 ގައި ފުރަތަމަ ފުލައިޓު އޮންނާނެ ކަމަށެވެ.
މާފަރުން ނިއުދިއްލީ އަށް ހަފުތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ ކަމަށް ގައުމީ އެއާލައިނުން ވަނީ ބުނެފަ އެވެ. އެގޮތުން އަންގާރަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާފަރުން ދަތުރު ކުރާނެ ކަމަށް ގައުމީ އެއާލައިނުން ބުނެ އެވެ. އަދި ދިއްލީން ބުދަ، ހުކުރު އަދި އާދީއްތަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށްވެސް ބުންޏެވެ.
މާފަރުން ދިއްލީ އަށް ދެކޮޅު ޓިކެޓު ފެށޭ އަގަކި 285 ޑޮލަރެވެ. ދިއްލީން މާފަރަށް ދެކޮޅު ޓިކެޓުގެ އަގަކީ 312 ޑޮލަރެވެ.
މިދަތުރަކީ ކޮވިޑަށްފަހު މޯލްޑިވިއަނުން ފަށާ ފުރަތަމަ ބައިނަލް އަގުވާމީ އާ ރޫޓު ކަމަށްވެސް އެ އާލައިނުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު