އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން ޒަހަމުވި ޒުވާނާ، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ފުލެޓު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:08 ހާއިރު ލިބިފައިވާ ކަމަށާއި އެ މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެ ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ހަމަލާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އެ ޒުވާނާގެ ބޮލަށެވެ. އޭނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމުން، މިހާރު އޭނާ މާލެ ފޮނުވައިލުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން އަންނަކަން ވެސް އެނގިފައިވެއެވެ.
އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ބޮލަށް އަނިޔާތަކެއް ލިބުނު 29 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު 12:00 ހާއިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭނާ މިވަގުތު އޮތީ ހޭއަރާފައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު