އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ދަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަމުންނެވެ. މިހާރު ކުއްޖާގެ އުމުރުން 16 އަހަރެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިރޭ 11:10 ހާއިރު 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ އިރު، މިއަދު ހަވީރުން ފެށިގެން ހިތަދޫގައި އެ ފުލުސް މީހާ މިވަގުތު ދިރިއުޅެމުންދާ ގެ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، މުޒާހަރާކޮށްފައިވެއެވެ. މުޒާހަރާކޮށްފައިވަނީ އެ ފުލުސް މީހާ ހައްޔަރުކުރުމަށް ގޮވާލައެވެ.
މި މުޒާހަރާގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި، ބާރުގެ ބޭނުން ކޮށްފައެވެ. ފުލުހުން ބުނީ ޕެޕާ ސްޕްރޭ ޖަހައި، ބާރުގެ ބޭނުން ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން، އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު