ބެލެނިވެރިން ނުކުމެ ތ. ހިރިލަންދޫ ސްކޫލުގައި ތަޅު އަޅުވައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ބެލެނިވެރީން ނުކުމެ ސްކޫލުގެ ގޭޓުތަކުގައި ތަޅު އެޅުވީ، އެ ސްކޫލުގައި ފެންބޮޑު ވެ، ކިޔަަވައިދެވޭވަރު ނުވުމާއި ސްކޫލުގެ ހާލަތު ގޯސް ވުމުގެ ސަބަބުންނެވެ.
އެގޮތުން ގިނަ އަދަދެއްގެ ބެލެނިވެރީން ވަނީ ސްކޫލު ހިމެނޭ ސަރަހައްދަށް ޖަމާވެ، އިހުތިޖާޖު ކުރަން ފަށާފައެވެ. އެނގިފައިވާ ގޮތުގައި ބެލެނިވެރީން ތިބީ، ސްކޫލުގެ އެތެރެޔަށް އެއްވެސް މީހަކަށް ވަދެވޭ، އަދި ސްކޫލުން ބޭރަށް އެއްވެސް މީހަކަށް ނުނިކުމެވޭ ގޮތަށް ގޭޓު ބަންދު ކޮށް، ގޭޓުގެ ކުރިމައްޗަށްވާ ގޮތަށެވެ.
އެ ސަރަހައްދުގައި ހުރި ބެލެނިވެރިޔަކު "ވަން" އަށް ބުނީ، ބެލެނިވެރީން އެއްވެ ސްކޫލުގައި ތަޅު އަޅުވާ ހިސާބަށް ކަންތައްދާން ޖެހުނީ، ސްކޫލުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ނުލިބުން ކަމަށާއި، ބެލެނިވެރިން ބޭނުންވަނީ އާ ސްކޫލް އިމާރާތެއް ކަމަށެވެ.
"މިހާރު މި އޮންނަނީ 1991 ގައި ހެދި ސްކޫލު އިމާރާތް، ހޯލެއްހެން މި އޮންނަނީ، ކުޑަދޮރެއް ބޮޑުދޮރެއް ނެތް، ފާރުބުރިއެއް މި އޮންނަނީ. ދެން އެތާނގައި ޕާޓިޝަން ޖަހައިގެން މި ކިޔަވައިދެނީ. ވާރޭކޮޅެއް ވެހިލައިފިއްޔާ އަރިމަތީން ވަރަށް ބޮޑަށް ފެން ވިއްސާ." ބެލެނިވެރިޔާ ބުންޏެވެ.
އިތުރު ބެލެނިވެރިޔަކު "ވަން" އަށް ބުނީ، ސްކޫލުގެ މައްސަލަތަކަށް ހައްލެއް ނުލިބެނީސް ދަރީން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ. އަދި ގިނަ ބެލެނިވެރީންވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށް އޭނާ ބުންޏެވެ.
ހިރިލަންދޫ ސްކޫލު ބަންދުކޮށް އެ ސަރަހައްދުގައި ބެލެނިވެރިން އިހުތިޖާޖުކުރަމުން އަންނައިރު އެ ސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ހިރިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އަށް "ވަން" އިން ގުޅުމުން ފޯނު ނުނަންގަވާތީ ސްކޫލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު