ހިޔާ ފުލެޓުތަކުގެ ފެނުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ނުދާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ބުނީ މިއަދު، ހިޔާ ފުލެޓުތަކުގެ ފެނުގެ މަސައްކަތެއް ކުރުމަށް ޓަކައި އެކި ޓަވަރު ތަކުން އެކި ވަގުތު ތަކުގައި ފެން ކަނޑާލުމަށް ހަމަޖެހިފައިވާތީ މިއަދު ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
އެޗްޑީސީން ވަނީ މިކަމަށް ޓަކައި މައާފަށް އެދިފަ އެވެ.
ހިޔާ ފުލެޓުތައް ލިބުނު މީހުން ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިއަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.
ފުލެޓުތަކުގެ ފިނިޝިން މަސައްކަތަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވައިރު އެތަން ނިމުނު ވަރަކަށް ނިންމައިގެން އެއްބަޔަކު ވަނީ ދިރިއުޅެންވެސް ފަށާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު