ބ، މާޅޮހުގައި ފީނަން ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ފީނަން ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު މިއަދު ހަވީރު ގާތްގަނޑަކަށް 4:10 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މިއަދު މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ބ. އަތޮޅު ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ހަމްދޫން ވިދާޅުވީ ހިބަރު ތުންގަނޑު ހެރިފައިވަނީ ޒުވާނާގެ ހިތަށް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައުމުން ވަގުތުން ޕީސީއާރު ގުޅައި އަވަސް ފަރުވާ ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު "ވަން" އަށް ވިދާޅުވީ މިއަދު މަރުވި ޒުވާނާ އަކީ އެރަށު ޑައިވިން ސެންޓަރެއްގައި މަސައްކަތް ކުރަމުންދާ އިންސްޓްރަކްޓަރެއް ކަމަށެވެ. އަދި އޭނާގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރުނީ މިއަދު ގެސްޓުން ގޮވައިގެން ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި ކޯމަސް އައިނެއްގެ ތެރެއަށް ފުންމާލި ވަގުތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު