މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ނެގުމަށް ބަޔަކު އިނގިރޭސި ވިލާތަށް އަންނަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފުލުހުން ރޭ ބުނީ، ރައީސް ނަޝީދުގެ ބަޔާން ނެގުމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ޕީޖީއާ ގުޅިގެން ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ މައްޗަށް އުފުލާ ދައުވާއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އެހެނަސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ޔޫކޭގެ އިދާރާތަކާ މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެން،" މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ބަޔާން ނެގުމުގެ މަޝްވަރާތައް ކުރަމުން އަންނަ އިރު ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ ފަރާތުން ބަޔާނެއް ލިބުމަކީ މުހިންމު ކަމެއް ކަމަށް ޕީޖީ ހުސައިން ޝަމީމުގެ އިތުރުން ފުލުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެފަހުން ރައީސް ނަޝީދު ވަނީ ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު