ހިޔާ ޓަވަރުތަކުގެ ތެރެއިން 11 އަދި 12 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިމިފައިވާތީ، އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެ ޓަވަރުން ފުލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގާނެ ކަމަށެވެ.
އަދި އެމީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފުލެޓުގެ ތަޅުދަނޑިއާ އެކު، ޓަވަރަށް ދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މި މަހުގެ 17 ވަނަ ދުވަހު ފަށާފައިވާ އިރު، ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނީ ދުވާލަކު ދެ ޓަވަރަށެވެ. އަދި މިހާތަނަށް އަށް ޓަވަރުގެ ކަރަންޓު މަސައްކަތް އެއްކޮށް ނިމިފައިވާ އިރު، ކަރަންޓުގެ މަސައްކަތް ނުނިމި ހުރީ ލިފްޓުތައް ކޮމިޝަންކޮށް ނުނިމި ހުރި އަށް ޓަވަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު