މާލެ އާއި ވިލިނގިއްޔާއި ތިލަފުށި އަދި ގުޅީފަޅު ގުޅައިލުމަށް އަޅާ ތިލަމާލެ ބުރިޖު މަޝްރޫއުގެ ސަބަބުން މުޅި ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަމީރު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން މާލޭ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލު ލިބުމުގެ އިތުރުން، ސިނާއީ ތަންތަން ގުޅީފަޅާއި ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.
މި ބްރިޖްގެ ސަބަބުން މާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅީފަޅުގެ ކަނެކްޓިވިޓީ ވަރުގަދަވެ، ބައިނަލްއަގްވާމީ ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުން މި ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ތަރައްގީގެ އާ މަރުހަލާއެއް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޕާމަނަންޓް ސެކްރެޓްރީ ޒީނިޔާ ހަމީދެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސަައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރެކެވެ.
އިންޑިއާ ސަރުކާރުގެ ސަތޭކަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްއެވެ.
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު