ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް ހެދުމަށް ބޭނުންވާ ތަކެތި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، (އެމްޑަބްލިޔުއެސްސީ) އިން, ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހަދިޔާ ކޮށްފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމަށް ލައިސަންސް ޓެސްޓް ހެދުމަށް ޓަކައި، ހުޅުމާލޭގައި ޑްރައިވިން ޓްރެކް ހެދުމަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައިވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން, ކަމަށެވެ.
އެގޮތުން މިނިސްޓްރީއަށް ހަދިޔާ ކުރެވުނު ތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށްވުރެ ގިނަ ވާނެ ކަމަށެވެ.
މި ތަކެތި އެ ކުންފުނީގެ ފަރާތުން މިނިސްޓްރީއަށް ހަދިޔާ ކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.
ޝާހު ވިދާޅުވީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޑްރައިވިން ޓްރެކް ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މައިގަނޑު މަގުސަދަކީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ލައިސަންސް ޓެސްޓް ހަދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
އެގޮތުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް އެކަށީގެންވާ ޖާގައެއް ނެތުމަކީ މިހާރު ޑްރައިވިން ސްކޫލްތަކަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ކަމަށާއި މިފަދަ ޓްރެކެއް ގާއިމުވެގެން ދިއުމުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސް ދިނުމަށް ޓަކައި ދެވޭ ޓެސްޓް ކުރިޔަށް ގެންދިޔުމަށް ރަނގަޅު މާހައުލެއް ލިބި، ޑްރައިވިން ޓްރެކްގެ ބޭނުން ހިފާ ފަރާތްތަކަށް ފަސޭހަކަން ލިބިގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ހުޅުމާލޭގައި ގާއިމު ކުރެވޭ ޑްރައިވިން ޓްރެކަކީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމާއި، އަދި މިކަން ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، ކުންފުނިން ތަރައްގީގެ ހަރުފަތްތައް ގިރާކުރަމުން އަންނައިރު، ކުރިމަގުގައިވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމައުގެ ކުރިއެރުމާއި ލާބަ އާއި މަންފާއަށް ތަފާތު އެކި އެކި ރޮނގު ރޮނގުން އެހީތެރިވެ، މަސައްކަތްތައް ކޮށްދިނުން ކަމަށެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު