ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބޭނުންވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ކަމަށް ނޫސްތަކުން ބުނެފިއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ ބޭނުން ވަނީ މި ޓްރާންސްފާ ސީޒަންގައި ރެއާލް އަށް ބަދަލުވުމަށެވެ. އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުން ހަމަވެއްޖެ ނަމަ ޕީއެސްޖީއަށް ޖެހޭނީ ހިލޭ ޓްރާންސްފާއެއްގައި އޭނާ ދޫކޮށްލާށެވެ. މިހާރު އެމްބާޕޭ އެއްބަސްވުން އާކުރަން ބޭނުން ނުވަނީ ރެއާލް އަށް މި ސީޒަނުގައި ބަދަލުވުމުގެ ބޭނުމުގައި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
އިތުބާރު ހުރި ހުރިހާ ނޫހަކުން ކަހަލަ ގޮތަކަށް ރެއާލް އިން އެމްބާޕޭ ހޯދަން ރަސްމީކޮށް ބިޑު ކުރިކަން ކަށަވަރު ކޮށްދީފައިވެއެވެ. އެގޮތުން ރެއާލްއިން ރަސްމީކޮށް ހުށަހަޅާފައި ވަނީ 160 މިލިއަން ޔޫރޯ ކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ އަދަދު ރެއާލްއިން ހުށަހެޅި ނަމަވެސް ޕީއެސްޖީން އަދި ދޫ ނުދޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އެންމެ ކުރިން ފެށިގެން ޕީއެސްޖީ ރައީސް ނަސޭރު ވިދާޅުވެފައި ވަނީ އެމްބާޕޭ ނުވިއްކާނެ ކަމަށެވެ.
ޕީއެސްޖީން މި ޓްރާންސްފާ ސީޒަންގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް ގެންގޮސް ޓީމު އިތުރަށް ވަރުގަދަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖިއާންލުއީޖީ ޑޮނަރޫމާ އާއި ޖީނީ ވައިނާލްޑަމް އަދި ސާޖިއޯ ރާމޯސްވެސް ހިމެނެއެވެ. އަދި އިތުރަށް އެންމެ ބޮޑަށް ފާހަގަވި ނަމަކީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ނަމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު