ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ޕްލިމިނަރީ ސްކޮޑު އިއުލާން ކޮށްފިއެވެ.
އެފްއޭއެމުން މިރޭ ގައުމީ ޓީމުގެ ޕްލިމިނަރީ ސްކޮޑު އިއުލާން ކޮށްފައިވާ އިރު، އެ ސްކޮޑުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ނަމަކީ ކުރިން ޓީމުގެ ކެޕްޓަން ކަމުގައި ހުރެފައި ރިޓަޔާ ކުރި އަސްހަދު އަލީ (އަޑުބަރޭ) އަލުން ޓީމުގައި ހިމެނުމެވެ. އަނިޔާގެ ސަބަބުން ފުޓުބޯޅައާ ދުރުގައި އެތައް ދުވަހެއް ހޭދަކުރި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑޭ، މިހާރު ކުޅެމުން ދަނީ ކްލަބު އީގަލްސް އަށެވެ. ތަޖުރިބާކާރު މިޑްފީލްޑަރު އަޑޭ ވަނީ އެންމެފަހުން އީގަލްސް އިން އޭއެފްސީ ކަޕުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި މުހިންމު ކުޅުމެއް ދައްކައިފައެވެ.
އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު މާޗު މަހުގައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗު ބޯމަތީގައި އޮއްވައި އަޑޭ ކުއްލި ގޮތަކަށް ގައުމީ ޓީމާ ދުރަށް ދިޔަކަން އިއުލާން ކުރީ އޭރު ޓީމާ ހަވާލުވި ކޯޗު ޕީޓާ ސެގަޓާ މައްސަލަތަކެއް ދިމާވެގެން ކަމަށް އޮތީ ބެލެވިފައެވެ.
ސެގަޓް، ގައުމީ ޓީމާ ހަވާލުވެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ސްކޮޑުން ބޭރުކުރަން ނިންމައި އަޑޭއަށް ބޭންޑު ދިން ނަމަވެސް ފަހުން އަޑޭ ލީ ވައިސް ކެޕްޓަނަކަށެވެ. އެކަންކަމުގެ ތެރެއިން މައްސަލަ ހޫނުވެފައި ވަނިކޮށް އަޑޭ ވަނީ ގައުމީ ޓީމުން ދުރަށް ދާން ނިންމިކަން އިއުލާން ކޮށްފައެވެ.
2018 ވަނަ އަހަރު ސާފު ޗެމްޕިއަންޝިޕަށް އަޑޭ އާއި ދަގަނޑޭވެސް ސްކޮޑުގައި ހިމެނި އިރު، މިފަހަރުގެ ތަށި ދިފާއުކުރަން އިއުލާން ކުރި ޓީމުގައިވެސް އެ ދެކުޅުންތެރިން ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން ތަޖުރިބާކާރު ބައެއް ކުޅުންތެރިން ކަމަށް މުހައްމަދު އާރިފް (ބަކާ) އާއި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމައިރަށްވެސް ކޯޗު އަލީ ސުޒޭންގެ ޕްލިމިނަރީ ސްކޮޑުން ފުރުސަތު ލިބިފައިވެއެވެ.
- ޔަސްފާދު ހަބީބު (މުލަކޭ) / ދަ ގްރާންޑޭ
- ހަސަން ރާއިފް އަހުމަދު (ހަންނަ) / އީގަލްސް
- އިމްރާނީ ނަޝީދު / އީގަލްސް
- އަހުމަދު ނޫމާން (ހެލްމެޓް)/ އީގަލްސް
- ހަސަން ޝިފާއު ޔޫސުފު (ކްރޯ) / އީގަލްސް
- މުހައްމަދު ނާއިމް/ އީގަލްސް
- ހައިޝަމް ހަސަން / އީގަލްސް
- އަސްހަދު އަލީ (އަޑޭ)/ އީގަލްސް
- މުހައްމަދު ސާއިފް / ގްރީން ސްޓްރީޓްސް
- ހަސަން ނަޒީމް/ ގްރީން ސްޓްރީޓްސް
- ހުސައިން ޝަރީފް / މާޒިޔާ
- މޫސާ ޔާމީން/ މާޒިޔާ
- އިބްރާހީމް އައިސަމް/ މާޒިޔާ
- އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)/ މާޒިޔާ
- މުހައްމަދު އިރުފާން/ މާޒިޔާ
- ސަމޫހު އަލީ (ސަމުއްޓެ)/ މާޒިޔާ
- މުހައްމަދު އުމައިރު/ މާޒިޔާ
- އަސަދުﷲ އަބްދުﷲ / މާޒިޔާ
- ހުސައިން ނިހާން (ނިހާޓު) / މާޒިޔާ
- ހަމްޒާ މުހައްމަދު (ހަމްޕު)/ މާޒިޔާ
- ނާއިޒު ހަސަން (ދާދު)/ މާޒިޔާ
- މުހައްމަދު އަޖުފާން / ޓީސީ ސްޕޯޓްސް ކްލަބު
- އަލީ ޝާމިސް (ތޮއްޕެ)/ ޓީސީ ސްޕޯޓްސް ކްލަބު
- އަލީ ނަޖާހު/ ޔޫވީ
- މުހައްމަދު އާރިފް (ބަކާ)/ ޔޫވީ
- އިސްމާއީލް އީސަ (މެސީ)/ ޔޫވީ
- މުހައްމަދު ޝަފީއު (ޗެކު)/ ވެލެންސިއާ
- މުހައްމަދު ފައިސަލް / ވެލެންސިއާ
- އަލީ ފާސިރު (ސެންޓޭ)/ ވެލެންސިއާ
- އަލީ އަޝްފާގު (ދަގަނޑޭ)/ ވެލެންސިއާ
- އަކުރަމް އަބްދުލްޣަނީ (އަކޫ)/ ވެލެންސިއާ
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު އެއްވަނަ ދުވަހު ފަށާ އިރު، މެޗުތައް އޮންނާނީ ރާއްޖޭގައެވެ. މިއީ ރާއްޖޭގައި ސާފް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖޭގައި ސާފްގެ މެޗުތައް ކުޅެފައިވާ އިރު، އެފަހަރު ހޯސްޓް ކުރީ ސްރީ ލަންކާއާއެކު ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު